އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ގަބޫލު ކުރެވޭނެ ވާހަކަ ތަކެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ސިފައިންގެ ފަހު ބެޗް ފުރާފައިވާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެެވެ. އެކަމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި އަދިވެސް އެބަތިބި ކަމަށެވެ.



އެގޮތުން އިންޑިއާގެ ނޭވީ ހެލިކޮޕްޓަރާއި، ޑޯނިއާ އާއި ރާޑަރު ސްޓޭޝަންތަކުގެ އިތުރުން ނޭވީ ސްޓާފުން ވެސް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް އުމަރު ވިދާޅުވިއެވެ. އެހެންކަމުން އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް މިހާރު ފުރާފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް މުޢިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުގެ ސަރުކާރުގައި އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން