ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށާއި، ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް އޮތީ މިއަދުގެ ސިޔާސީ ހަގީގަތް ގަބޫލުކޮށްގެން ތިބުން ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި އިސްކޮށް އުޅުއްވާ ކުރިގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު އޭނާއަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެެވެ. އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވީ، ހުރިހާ ސަރުކާރެއްގައި މިނިސްޓަރުކަންކޮށް މަލީހަށް ލިބުނު ވަކި މޮޅެއް ނުވަތަ ކުރެވުނު މޮޅުކަމެއް ނެތްކަމަށެވެ.
ފައިސަލް ވިދާޅުވީ އޭނާއަކީ މާ މޮޅު މީހެއްކަމަށް އެއްއިރެއްގައި ވެސް ވިދާޅުވެފައި ނުވަނެކަމަށެވެ. އަދި މީހާ މޮޅު މީހަކަށް ވަނީ އަނެކާއަށް ކުރާ އިހުތިރާމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބުދުއްެރަޙީމް ޢަބުދު ﷲ (އަދުރޭ)ގެ ދަރިކަލުން ފައިސަލް ވިދާޅުވީ ޖަމީލާއި، މަލީހާ، ދެބޭފުޅުންނަށް އޮތް ހަމައެކަނި ގޮތަކީ ސިޔާސީ ހަގީގަތް ގަބޫލު ކުރުންކަމަށެވެ. އަދި ދެބޭފުޅުން ދައްކާ ވާހަކައަކުން ފަހަތަށް ނުޖެއްސޭނެކަމަށް ފައިސަލް ވިދާޅުވިއެވެ.

Hurihaa sarukaarehga ministarukamuga vaki molhu kameh kurevunutho? Alhugandu mee enme molhu meehaa kamakah nubunan. Molhethi meehun akee anekaa ah ihthiraamkuraa meehun. jameel adhi maleehah ves othee miadhu ge siyaasee hageegah gaboolukurun. Thihen adhi fahathakah nujehseyne 😁 https://t.co/YQGk97gMtF
— Ibrahim Faisal (@lasiaF969) May 10, 2024
ފައިސަލް ވިދާޅުވީ އޭނާއަކީ މާ މޮޅު މީހެއްކަމަށް އެއްއިރެއްގައި ވެސް ވިދާޅުވެފައި ނުވަނެކަމަށެވެ. އަދި މީހާ މޮޅު މީހަކަށް ވަނީ އަނެކާއަށް ކުރާ އިހުތިރާމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބުދުއްެރަޙީމް ޢަބުދު ﷲ (އަދުރޭ)ގެ ދަރިކަލުން ފައިސަލް ވިދާޅުވީ ޖަމީލާއި، މަލީހާ، ދެބޭފުޅުންނަށް އޮތް ހަމައެކަނި ގޮތަކީ ސިޔާސީ ހަގީގަތް ގަބޫލު ކުރުންކަމަށެވެ. އަދި ދެބޭފުޅުން ދައްކާ ވާހަކައަކުން ފަހަތަށް ނުޖެއްސޭނެކަމަށް ފައިސަލް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު