މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިން، ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދަން ނިންމުމުން އެމްއެންޔޫގެ ދަރިވަރުންގެ ޖަމިއްޔާ (އެމްއެންޔޫއެސްޔޫ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތައުރީފްކޮށް ޝުކުރުއަދާކޮށްފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ކަންކަން ފަސޭހަ ކުރުމަށް އިތުރު ޖާގަ ބޭނުން ވާތީކަމަށް ބުނެ މެޑިކަލް ސްކޫލުގެ ކިޔެވުން އެމްއެންޔޫގެ މައި ކެމްޕަސްއަށް ބަދަލުކުރަން ނިންމީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ނެވެ.

އެހެން ނަމަވެސް އެ ނިންމުމާ ގުޅިގެން އެމްއެންޔޫގެ ދަރިވަރުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.

އެއާއެކު އެ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ރައީސް ޑރ، މުހައްމަދު މުއިއްޒުއަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ސިޓީއެއްވެސް ފޮނުވި އެވެ. އޭގެ ފަހުން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާތަކަށް ފަހު ކުރީގެ ނިންމުން އަނބުރާ ގެނައިކަން އިއްޔެ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އެ ނިންމުމާ ގުޅިގެން ދަރިވަރުންގެ ޖަމިއްޔާއިން އެކްސްގައި ވަނީ ރައީސް މުއިއްޒުއަށް ތައުރީފް ކޮށްފަ އެވެ.

އެ ޖަމިއްޔާއިން ބުނީ މިއީ ހަމައެކަނި މެޑިސިން ކިޔަވާ ދަރިވަރުންގެ ކަންބޮޑުވުންތަކެއް ހައްލެއް ހޯދައި ދިނުން ނޫން ކަަމަށާއި އަދި މިއީ އެ ސްކޫލުގައި ކިޔަވާނެ އެތައް ޖެނެރޭޝަނެއްގެ ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރައި ކުރިއަށް ގެންދަން އެޅޭ ފިޔަވަޅެއް ކަަމަށެވެ.، އެހެންވެ އެ ޔޫނިއަނުން ވަނީ ރައީސަށް ޝުކުރު އަދާކޮށްފަ އެވެ.

ހަމަ އެހެންމެ ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް ވަސީލަތްތައް އިތުރަށް ތަރައްގީކުރަން ރައީސް އެޅުއްވި ފިޔަވަޅުތައް އެ ޖަމިއްޔާއިން ފާހަގަ ކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން