އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކޮށް އަދި ސާފުހަކަތަ ބޭނުންކުރުން އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ގޭބިސީތަކަށް ސޯލާ ޕީޥީ ސިސްޓަމް ފޯރުކޮށްދޭން ބޮޑު މަޝްރޫއެއް ފަށަން ނިންމައިފި އެވެ.

އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ "މަގޭ ސޯލާ ޕްރޮގްރާމު"ގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ޖުމުލަ 3 މެގަވޮޓްގެ ނިޒާމުތައް ގަތުމުގެ އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއާއި ޖޭވީ ވިޒްޑަމް ނެގޯއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރާއްޖެ ގެންނަ 3 މެގަވޮޓްގެ ނިޒާމުގެ ތެރޭގައި ހިމެނެނީ 3 ކިލޯވޮޓުގެ 375 ނިޒާމާއި އަދި 5 ކިލޯވޮޓުގެ 375 ނިޒާމެވެ.

އެގޮތުން ޖުމްލަ 750 ގޭބިސީއަށް ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދެވިގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.



ފަސް އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެޗެ،

އިއްޔެ ސޮއި ކުރި އެއްބަސްވުމުގެ ދަށުން ފަށާ ޕްރޮގްރާމުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ތަކެއް ރާއްޖޭގެ ރައްރަށުގައި ގާއިމުކުރުން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން