ފޮޓޯ: ސަން
ފޮޓޯ: ސަން
ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ބޭލުމުން ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތައުރީފް ކުރަށްވައިފިއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ސަރުކާރުން ވި ވައުދު ފުއްދައި ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މިހާރު ވަނީ ފޮނުވާލާފައެވެ. ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗް މިހާރު ފުރާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން "ރަސް އޮންލައިން" ގައި ޝާއިއު ކުރި ޚަބަރެެއް އެކްސްގައި ހިއްސާކުރަށްވައި ޖަމިއްޔަތުލް ސަލަފަށް ނިސްބަތްވެވަޑައިގަންނަވާ މަޝްހޫރު ދީނީ އިލްމްވެރިޔާ ޝެއިހް އަހުމަދު ސަމީރު ވިދާޅުވީ، ރާއްޖޭގައި ތިބި އުތުރުކަރައިގެ ޢަސްކަރީ ސިފައިން ރާއްޖެއިން ބޭލުމަކީ ދިވެހި ޤައުމުދެކެ ލޯބިވާ ކޮންމެ މުވާޠިނަކު ޝުކުރުވެރިވުން ޙައްޤު ކަމެއް ކަމަށެވެ.



"މިކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ޙިކުމަތު ޢަމަލީ އަށް ޝުކުރު ދަންނަވަން،" އާންމުން ރައްޔިތުންގެ ދީނީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ އަދި ގިނަ ބަޔެއްގެ މެދުގައި މަގުބޫލް ދީނީ އިލްމްވެރިއެއް ކަމަށްވާ ޝެއިޙް ސަމީރު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް މުޢިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުގެ ސަރުކާރުގައި އެދިވަޑައިގެންފައެވެ.

ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ މަޝްވަރާގެ ރީތި ޑިޕްލޮމެސީގެ އުސޫލުން ވާހަކަ ދައްކައިގެން އިންޑިޔާ ސިފައިންގެ މައްސަލަ ހައްލު ކުރަށްވާނެ ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލިފައިވަނީ އެކަމާއި ގުޅޭގޮތުން ދެ ގައުމުގެ އިސް އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުންތަކަށް ފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން