މާލެއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލަ އަންނަ ޖޫން ޖުލައި ވިއްސާރައިގެ ކުރިން ހައްލު ކުރެވޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މާލެއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް މިއަދު ވަނީ މަޝްރޫއެެއް ފަށާފައެވެ. މި މަޝްރޫއަކީ ސަރުކާރާއި ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި އެމްއެންޑީއެފް ގުޅިގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއު ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މާލޭގައި ފެންބޮޑުވުމުގެ މައްސަލަ އަންނަ ޖޫން ޖުލައި ވިއްސާރަ އައުމުގެ ކުރިން ހައްލު ކުރެވޭނެ ކަމަށެވެ. އަދި އެމައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ކުރިން ވަގުތީ ހައްލެއް ގެނައުމަށް މި މަޝްރޫއު ފެށީ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މާލޭގެ އަމީނީ މަގުގައި ބަހައްޓާފައިވާ ޕަމްޕުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިޔަށްދާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ވެސްޓް ޕާކު ސަރަހައްދަށް ޖަމާވާ ފެން ބޭރު ކުރުމަށް ވަށައިގެން ލައިފައިވާ ތޮށިގަނޑުން ބައެއް ކަނޑައި، ޓްރެންޗެއް ގޮތަށް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ ޕަމްޕު ބޭނުން ކުރަން ޖެހޭ ހާލަތްތަކުގައި ޕަމްޕުތައް ވެސް ބޭނުން ކުރާނެ ކަމަށެވެ. ވެސްޓް ޕާކުގެ އިތުރުން އަދި އިތުރު ދެ ސަރަހައްދެއްގައި އެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ވެސް މުއްޠަލިބު ފާހަަގަކުރެއްވިއެވެ.
"ވަގުތީ ގޮތުން މި ހައްލު ހޯދަނީ ރައްޔިތުންނަށް ލިބޭ ގެއްލުންތަކުން ސަލާމަތް ކުރުމަށް ޓަކައި،" މުއްޠަލިބު ވިދާޅުވިއެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން. pic.twitter.com/pZlX29nobT
— Ministry of Cities, Local Government, Public Works (@MoCLPmv) May 9, 2024
މިނިސްޓަރު ވިދާޅުވީ މާލޭގެ އަމީނީ މަގުގައި ބަހައްޓާފައިވާ ޕަމްޕުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރެއިން ކުރިޔަށްދާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ވެސްޓް ޕާކު ސަރަހައްދަށް ޖަމާވާ ފެން ބޭރު ކުރުމަށް ވަށައިގެން ލައިފައިވާ ތޮށިގަނޑުން ބައެއް ކަނޑައި، ޓްރެންޗެއް ގޮތަށް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ ޕަމްޕު ބޭނުން ކުރަން ޖެހޭ ހާލަތްތަކުގައި ޕަމްޕުތައް ވެސް ބޭނުން ކުރާނެ ކަމަށެވެ. ވެސްޓް ޕާކުގެ އިތުރުން އަދި އިތުރު ދެ ސަރަހައްދެއްގައި އެ މަސައްކަތް ކުރެވިގެންދާނެ ކަމަށް ވެސް މުއްޠަލިބު ފާހަަގަކުރެއްވިއެވެ.
"ވަގުތީ ގޮތުން މި ހައްލު ހޯދަނީ ރައްޔިތުންނަށް ލިބޭ ގެއްލުންތަކުން ސަލާމަތް ކުރުމަށް ޓަކައި،" މުއްޠަލިބު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު