ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް ޑރ. މުހައްމަދު އައްޔަނުކުރެއްވި ހަ ބޭފުޅުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްްއޯއީ) ކޮމިޓީން ފާސްކޮށްފި އެެވެ.

އޭގެ ތެރެއިން ފަސް ބޭފުޅުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ ޑިސެމްބަރުމަހު އެވެ.

ގިނަ ދުވަސްތަކަކަށް ފަހު ހަ މެމްބަރުންނަށް ރުހުން ދޭން ކޮމިޓީން ފާސްކުރީ އިއްޔެ އެވެ.

އެ ހަ މެމްބަރުންނަކީ؛

- ޕީސީބީގެ ރައީސް ހަމްދީ އަގީލް

- އިކޮނޮމިސްޓް ދާއިރާއިން ހަސަން ޒަރީރު

- ގާނޫނީ ދާއިރާއިން އަހުމަދު ނަޝާތު

- ބޭންކިންގެ ދާއިރާއިން ލީނާ އަބްދުއް ރައްޒާގު

- ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މޫސާ ފަތުހީ އާދަމް

- ފައިނޭންސްގެ ދާއިރާއިން މުހައްމަދު އާޒާދު

ޕީސީބީގެ ބޯޑު އެކުލެވިގެންވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެ ބޯޑަށް ކުރީ ސަރުކާރުން އައްޔަނުކުރެއްވި ބޭފުޅުންގެ ތެރެއިން މެމްބަރުކަމުގައި މިހާރު ހުންނެވީ ބޯޑުގެ ނާއިބު ރައީސް މުހައްމަދު ފިރާޒް އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން