މާލޭގައި މިހާރު ހިދުމަތް ދެމުންދާ ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފި އެެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ތެލެސީމިއާ ދުވަހާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ އެންމެ ބޮޑު ޝަކުވާއަކީ ތެލެސީމިއާ ސެންޓަރު މިހާރު ހިންގަމުންދާ އިމާރާތާ ގުޅޭ ގޮތުން އަންނަ ޝަކުވާ ކަމަށެވެ. ހަލީލްވެސް ރޭ ވިދާޅުވީ އެ އިމާރާތަކީ ވަރަށް ބާ އިމާރާތެއް ކަމަށެވެ.

އެހެންވެ އެ ސެންޓަރު އެހެން ތަނަަކަށް ބަދަލުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވެސް އެއްބަސްވެވަޑައިގެންނެވި އެވެ.

މިނިސްޓަރު ވިދާޅުވީ ތެލެސީމިއާ ބަލި ތަހައްމަލުކުރަމުން ގެންދާ ކުދިންގެ އެހީތެރިކަމާއެކު ހުޅުމާލޭ ފޭސް އެކަކުން އިމާރާތެއްގެ ޖާގަ ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެ ކުދިން އެ ބޭނުންވާ ގޮތަށް، އެ ކުދިންގެ މަޝްވަރާއާ އެއްކޮށް އެ އިމާރާތުގައި ގާއިމްކުރަން ޖެހޭ ހިދުމަތްތައް އަޅުގަނޑުމެން ބައްޓަން ކުރަމުންގެންދާނީ،" ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެތަން ހުންނަން ބޭނުންވާ ގޮތާއި އަދި ހިދުމަތްތަކާ ގުޅޭ ހިޔާލުތައް ތެލެސީމިއާ ކުދިން މޯލްޑިވްސް ބްލަޑް ސާވިސްއާ ހިއްސާކޮށްފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެތަނުގެ ޑިޒައިންގެ މަސައްކަތް ނިމި މިހާރު ކުރަމުންދަނީ ފައިނޭންސް ހޯދުމުގެ މަސައްކަތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން