ރާއްޖޭގައި ގާއިމުކުރާ ތެލެސީމިއާ ހޮސްޕިޓަލު ވެގެންދާނީ މި ސަރަަހައްދުގެ އެންމެ ވަރުގަދަ ހޮސްޕިޓަލަށްކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ތެލަސީމިއާ ދުވަސް ފާހަގަ ކުރަން ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ހެލްތު މިިނިސްޓަރު ހަލީލު ވިދާޅުވީ ފުލްފުލެޖު ތެލަސީމިއާ ހޮސްޕިޓަލެއް ރާއްޖޭގައި ހުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރެއް ކަމަށެވެ.

އެހެންކަމުން ރައީސްގެ ވިސްނުންފުޅު ހުރީ އެ ތަސައްވަރާއިގެން ކުރިއަށް ދިއުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސްގެ ވިސްނުންފުޅަށް ބަލާލާއިރު އެތަން ވެގެންދާނީ މި ސަރަހައްދުގައި ވެސް ގާއިމުކުރެވޭ އެންމެ ވަރުގަދަ އެއް ތަނަށް. އެތަނުގައި ރާއްޖޭގައި ތިބެގެން ބޯންމެރޯ ހެދޭނެ އިންތިޒާމްތައް ހަމަޖެހުމާ އަދި އޭގެ އިތުރުން ފަހުގެ ސައިންސްގެ ޒަރިއްޔާއިން މި ބަލި ކޮންޓްރޯލް ކުރުމަަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަން ބޭނުންވާ އާލަތްތައް ގާއިމުކުރުމާއި ފަހުގެ ލެބްތައް ގާއިމުކުރުމާއި މިފަދަ ކަންތައްތައް ގާއިމު ކުރެވިގެންދާނެ މި ތަން ނިމިގެންދާއިރުގައި." މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިހާރު ރާއްޖޭގައި ހުރި ބްލަޑް ބޭންކް ކުރިއަށްވުރެ ވަރުގަދަކޮށް ރަނގަޅަށް ހިދުމަތްދޭނެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން