ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ގެންނަން ކެމްޕޭން ކުރާ ބަޔަކާ އެކަމަނާއާއި ގުޅުމެއް ނެތް ކަމަށް ސައުދާ ވިދާޅުވެއްޖެއެވެ.
ނިމި ދިޔަ މަޖިލިސް އިންތިހާބުގައި ސައުދާ ހޮވިވަޑައިގަތީ ޕީއެންސީގެ ޓިކެޓްގައި ނިލަންދޫ ދާއިރާއަށް ވާދަކުރާމައްވައިގެންނެވެ.
މިދިޔަ ހޮނިހިރު ދުވަހުއްސުރެ ސައުދާއަށް ސަޕޯޓްކުރާ ފަރާތްތަކުން ދަނީ އޭނާ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމަށް ގެނައުމަށް ކެމްޕޭން ކުރަމުންނެވެ.
އެހެންވެ މިއީ ސައުދާ މަޖިލީހުގެ ނާއިބު ރައީސްކަމަށް ގެންނަން އުޅޭ ކަމުގެ ނިޝާނެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުން ނެވެ.
ނަމަވެސް ސައުދާ ވިދާޅުވީ އޭނާގެ މަސައްކަތްތައް ތަރުތީބުކުރެވިގެން ދަާނީ ޕީޕީއެމް/ ޕީއެންސީގެ ލީޑަރޝިޕްގެ ވިސްނުމާ އެއްގޮތަށް ކަމަށެވެ.
އަދި ސައުދާ ނާއިބު ރައީސްކަމަށް ގެންނަން އެކްސްގައި ކެމްޕޭން ކުރަމުންދާ އެކައުންޓަކީ އޭނާއާ ގުޅުމެއް ނެތް އެކައުންޓެއް ކަަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުގެ ނަމުގައި މިފަދަ ކަންކަން ނުކުރުމަށް ވަރަށް ބޮޑަށް އެެދެން." ސައުދާ ވިދާޅުވި އެވެ.
މިހާރު އަޑު ފެތުރިފައި އޮތް ގޮތުން މަޖިލީހުގެ ރައީސް ކަަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަދި ރައީސްގެ ސްޕެޝަަލް އެޑްވައިޒަރު އަބްދުއް ރަހީމް އަބްދުﷲ ގެންނަން ޕީއެންސީން ވަނީ ނިންމައިފަ އެވެ.
އާ މަޖިލިސް މެމްބަރުން ހުވާކުރުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު