އިންޑިއާގެ މާކެޓު ރާއްޖެއަށް ވަރަށް މުހިއްމު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ ދުބާއީގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެއާގައި އިންޑިއާގެ ނޫހެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުންނެެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ އިންޑިއާގެ މާކެޓު ރާއްޖެއަށް ވަރަށް މުހިއްމު ކަމަށް ވިދާޅުވެ އެގައުމުގެ ޓޫރިސްޓުން ރާއްޖެ އަންނަން ދައުވަތު ދެއްވާ ފައެވެ. އަދި ބޮޑު އާބާދީ އެެއް އޮންނަ އިންޑިޔާ ޓޫރިސްޓުންނަށް ރާއްޖެ އިން މަރުހަބާ ކިޔާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ރާއްޖެއިން ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑަށް ޕްރޮމޯޓް ކުރަނީ ރައްކާތެރި ކަމާއި އަމަންއަމާންކަން ކަމަށެވެެ. އެގޮތުން އިންޑިއާ ޓޫރިސްޓުންނަށް ވެސް އެފަދަ ރައްކާތެރިކަން ކަށަވަރުކަމާއެކު ލިބޭނެ ކަމުގެ ޔަގީން ކަން މިނިސްޓަރު ފައިސަލް ވަނީ ދެއްވާފައެވެ.
މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިންނެވެ. އެ ގައުމުން މިއަހަރު މިހާތަނަށް 44،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ 5.5 ޕަސެންޓް ކަން ފާހަކޮށްލެވެއެވެ.

ދާއިރާތަކުގެ ކުރިއެރުން ބިނާވެފައި އޮންނަނީ އެ ދާއިރާތަކާ ހަވާލުވެ ވަޑައިގެން ތިއްބަވާ ބޭފުޅުންގެ އިޚްލާޞްތެރިކަމާއި ތެދުވެރި ނިޔަތާއެކު ކުރައްވާ ބުރަ މަސައްކަތުގެ މައްޗަށް. މަރުޙަބާ! ރައީސް @MMuizzu. މަރުޙަބާ! މިނިސްޓަރ @lasiaF969. މަރުޙަބާ @mmprc_md @mitdcmv @MoTmv މަރުޙަބާ!… pic.twitter.com/fKxZLUPGQq
— Abdul Raheem Abdulla (@Banafsaa) May 7, 2024
މިނިސްޓަރު ވިދާޅުވިގޮތުގައި ރާއްޖެއިން ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑަށް ޕްރޮމޯޓް ކުރަނީ ރައްކާތެރި ކަމާއި އަމަންއަމާންކަން ކަމަށެވެެ. އެގޮތުން އިންޑިއާ ޓޫރިސްޓުންނަށް ވެސް އެފަދަ ރައްކާތެރިކަން ކަށަވަރުކަމާއެކު ލިބޭނެ ކަމުގެ ޔަގީން ކަން މިނިސްޓަރު ފައިސަލް ވަނީ ދެއްވާފައެވެ.
މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިންނެވެ. އެ ގައުމުން މިއަހަރު މިހާތަނަށް 44،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ 5.5 ޕަސެންޓް ކަން ފާހަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު