ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލު ކުރުމަށް ބޭނުންވާ މީހުންނަށް އެކަމަށް އެދި ފޯމު ހުށަހެޅުމަށް އަނެއްކާވެސް އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.

ހައުސިންގް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ 1250 އަދި 1650 އަކަފޫޓުގެ އިތުރު ގޯތިތައް ގިރާވަރުފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، 1250 އަކަފޫޓުގެ އިތުރު ތިން ގޯތި އަދި 1650 އަކަފޫޓުގެ އިތުރު 20 ގޯތި ގުޅީފަޅަށް ބަދަލުކުރަން ހުޅުވާލާފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ

ގޯތި ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ހޯމަ ދުވަހުގެ ރޭ 11:00ގެ ނިޔަލަށެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ގުޅީފަޅަށް ގޯތި ބަދަލު ކުރަން ނިންމީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށެވެ. އެހެންކަމުން ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލު ކުރުމަށް ނިންމީ ކަމަށް މިނިސްޓްރީން ބުންޏެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން