މާރާމާރީ ހުއްޓުވަން މަސައްކަތްކުރަނީ. (ފޮޓޯ: ވީޑިއޯ ކެޕްޗަރ)
މާރާމާރީ ހުއްޓުވަން މަސައްކަތްކުރަނީ. (ފޮޓޯ: ވީޑިއޯ ކެޕްޗަރ)
ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި މާރާމާރީ ހިންގައިގެން ހައްޔަރު ކުރި ބިދޭސީ މީހާ ދޫކޮށްލާފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ބުނީ މިއަދު މާރާމާރީ ހިންގައިގެން ހައްޔަރު ކުރި ބިދޭސީ މީހާ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުކޮށް ދޫކޮށްލާފައިވާކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގައި މާރާމާރީ ހިންގާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ސޯޝަލް މީޑއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން އެ ބިދޭސީ ފިރިހެން މީހާ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކަށް ހަމަލާދެ އެވެ. އަދި އޭނާ އަތުން ޖަހައި ހަމަލާ ދިނުމުން އެއާޕޯޓުގެ މުވައްޒަފަކު ވެސް ދިފާއުގައި ހަމަލާ ދޭން މަސައްކަތް ކުރެއެވެ. ނަމަވެސް އޭގެ ކުރިން އެހެން މީހަކު އައިސް ބިދޭސީ މީހާ ހިފަހައްޓަ އެވެ.

މިހާދިސާ ހިނގާފައިވަނީ އިންޓަރނޭޝަނަލް އެެއާޕޯޓުގެ ޗެކިންގ ސަރަހައްދުގައެވެ. ނަންހާމަ ނުކުރަން އެދި މަންޒަރުދުއް މީހަކު ރަސް އޮންލައިން އަށް މަޢުލޫމާތު ދެމުން ބުނީ ހަމަނުޖެހުން ހިނގީ ފުރަން އައި ބިދޭސީ މީހާ އެކްސެސް ލަގެޖް ފީ ދެއްކުމަށް ދެކޮޅުހަދައި ހިނގި ޒުވާބެއްގެތެރެއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން