ބަލިމީހުންނަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތަށްކަމަށް އައި.ޖީ.އެމް.އެޗުން ބުނެފިއެވެ.

އެ ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކަށް ފަރުވާ ދިނުމުގައި އެކަށީގެންނުވާ ގޮތްތަކަކަށް އަމަލުކުރިކަމަށް ބުނެ ސޯޝަލް މީޑިއާ އަދި މެއިންސްޓްރީމް މީޑިއާގައި ހަގީގަތާ ހިލާފަށް ވާހަކަ ދެކެވެމުންދާތީ އެކަމާއި ހިތާމަކުރާކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ. އަދި ބަލިމީހުންގެ ބަލީގެ ހާލަތާއި ދީފައިވާ ފަރުވާގެ ތަފްސީލުތަކަކީ ސޯޝަލް މީޑިއާގައި ހޮސްޕިޓަލުން ހާމަކުރާ މައުލޫމާތުތަކަކަށް ނުވާއިރު މި މައްސަލައިގައިވެސް ބޭސް ދިނުމާއި އަދި ފަރުވާއާ ގުޅުންހުރި އެހެނިހެން ކަންކަން ބަލިމީހާގެ އާއިލާއާ ވާނީ މަޝްވަރާ ކުރެވި ތަފްސީލުކޮށް ކިޔާދެވިފައި ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ފަރުވާ ދޭއިރު ހިތްހަމްނުޖެހޭ ގޮތަކަށް ނުވަތަ ރަނގަޅުނޫން ގޮތަކަށް ފަރުވާގެ ކަމެއް ކުރިޔަށްދާހެން ބަލިމީހަކަށް ނުވަތަ އެހީތެރިންނަށް ހީވާނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަކުރެވޭނަމަ އެކަންކަން އިތުރަށް ސާފުކޮށް، އޮޅުންފިލުވޭނެ އިންތިޒާމުތަކާއި އަދި އެއަށްފަހުވެސް މައްސަލައެއް އޮތްނަމަ އެ މައްސަލައެއް ހޮސްޕިޓަލުގެ ކަމާއިބެހޭ ފަރާތްތަކަށް ވަގުތުން ހުށައެޅޭނެ އިންތިޒާމުތައްވެސް ހޮސްޕިޓަލުގައި ހަމަޖެހިފައިވާނޭ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ހޯމަ ދުވަހު އެކްސްގައި ކޮއްފައިވާ ޕޯސްޓެއްގައި އާއިލާއިން ބުނެފައިވަނީ ތުއްތު ކުއްޖާގެ ހަކުުރު ދަށްވެގެން ކަމަށް ބުނެ އެ ކުއްޖާ ނާސަރީ އަށް ލުމަށްފަހު އޭގެ ދެ ގަޑިއިރު ފަހުން ހަކުރު ހުރި ވަރު ރަނގަޅު ކަމަށް އެންގި ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް އެންޓިބަޔޮޓިކްސް ދޭން ޖެހޭ ކަމަށް އަންގައި ބޭސް ދިނުމަށް ފަހު ކުއްޖާ އަށް ރޮވޭތީ ކަމަށް ބުނެ އަނގަމަތީގައި ފޮތިގަނޑެއް ވެސް ބޭއްވި ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން