ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި މާދަމާ އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެމިނިސްޓްރީން ބުނީ މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހިނގާ މެއި މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. ދަތުރުފުޅު ނިންމަވާ ލައްވާނީ މިމަހުގެ 10 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މިނިސްޓަރ ޒަމީރުގެ މިދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ޖައިޝަންކަރާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި އިންޑިއާ އާއި ދިވެހިރާއްޖެއާއި ދެމެދު ޒަމާނުއްސުރެ އޮތް ގުޅުން ފުޅާކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ، މިނިސްޓަރ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން