މާފުށިން އަލަށް ހިއްކި ސަރަހައްދު (ފޮޓޯ: މާފުށި ކައުންސިލް)
މާފުށިން އަލަށް ހިއްކި ސަރަހައްދު (ފޮޓޯ: މާފުށި ކައުންސިލް)
މާފުށިން އަލަށް ހިއްކި ބިމުން ބީލަމުގައި ހަ ބިމެއް ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ އަށް ވިއްކާލައިފިއެވެ.

މާފުށި ކައުންސިލުގެ ރައީސް ހަސަން ސޮލާހް "ރަސް އޮންލައިން" އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ ބީޗް ފްރަންޓުން 2000 އަކަ ފޫޓުގެ ހަ ބިމެއް ބީލަމަށް ލުމުން އެ ބިންތަށް ގަންނަން ކުރިމަތިލާފައިވަނީވެސް ހަ ފަރާތެވެ. އަދި ކޮންމެ ބިމެއް ވެސް އެވްރެޖްކޮށް ގަނެފައިވަނީ އަކަ ފޫޓަކަށް 2000 ރުފިޔާ އާއި 2012 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ބީލަން ކާމިޔާބު ކުރާ ފަރާތްތަކުން ޕްރޮސެސިންގެ ފީ އެއްގެ ގޮތުގައި ކައުންސިލަށް 50،000 ރުފިޔާ ދައްކަންޖެހެއެވެ.

ނިމިގެންދިޔަ އެމް.ޑީ.ޕީ ސަރުކާރުން މާފުށީގެ ބިމަށް 25 ހެކްޓަރުގެ ބިން އިތުރުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެންނެވެ. އެ މަސައްކަތް އެމް.ޓީ.ސީ.ސީއިން ކޮށްފައިވަނީ 118 މިލިއަން ރުފިޔާއަށެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި މާފުށީގައި ތައާރަފްކުރި ގެސްޓްހައުސް ވިޔާފާރިން މާފުށިވަނީ ގެސްޓްހައުސް ހަބަކަށް ބަދަލުވެފައެވެ. މާފުށީގައި 1،800 އަށް ވުރެ ގިނަ ޓޫރިސްޓް އެނދު އޮޕަރޭޓްކުރެއެވެ. ގެސްޓްހައުސް ވިޔަފާރިން މާފުއްޓަށް އަހަރެއްގެ މައްޗަށް 40 މިލިއަން ޑޮލަރު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން