އަހުޒަމް އަޙްމަދު   7 މޭ 2024 - 13:33
ބޭރު ގައުމުތަކަށާއި، ބައިނަލްއަގުވާމީ ޖަމިއްޔާތައް ހިމެނޭގޮތަށް ނުވަ ސަފީރުކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ނުވަ ބޭފުޅުންނަށް ރައީސް މުއިއްޒު ވަނީ ފަތްކޮޅު އަރުއްވައިފަ އެވެ.

ސަފީރުކަމަށް މިއަދު އައްޔަނު ކުރެއްވި ނުވަ ބޭފުޅުންނަކީ؛

1. އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ކޮތަންމާގެ، މުހައްމަދު ހުސެއިން ޝަރީފު

2. އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ. އޯކިޑް، އިރުތިޝާމް އާދަމް

3. ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ފަށަލަ، ޑޮކްޓަރ ފަޒީލް ނަޖީބު

4. ޔޫއޭއީއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ޑޮކްޓަރު އަލީ ނަސީރު މުހައްމަދު

5. ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ގީލާވިލާ، ގީލާ އަލީ

6. މެލޭޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ރުއްފުށި، ޑރ. މަރްޔަމް ޝަބީނާ އަހުމަދު

7. ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕްބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ތުޅާގިރި، މަސްއޫދު އިމާދު

8. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމަށް، މ. ވިލާދަށުގެ، ޑޮކްޓަރ ސަލްމާ ރަޝީދު

9. ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މއ. ދިލާސާގެ، މުހައްމަދު ލުވޭޒު


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން