އިސްރާއިލުގެ މީހުން ރާއްޖެ އެތެރެވުން މަނާކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަށް އަމަލުނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޖިލީހުން އެ ގަރާރު މިދިޔަ މަހުގެ އެއްވަނަ ދުވަހު ފާސްކުރި ނަމަވެސް އެ ގަރާރާ ގުޅޭ ގޮތުން ސަރުކާރުން ވަކި އެއްޗެއް ނުބުނެއެވެ.

އެހެންވެ އެ ގަރާރު ތަންފީޒުކުރެވިދާނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އިސްރާއިލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ރަޝީދު ވިދާޅުވީ އިސްރާއިލުން ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރުން ފިޔަވައި މިހާރު ރާއްޖެއިން ކުރަމުންދާ ކަމެއް ނެތް ކަމަށެވެ.

ހަމަ އެހެންމެ އިސްރާއިލުގެ ފަތުރުވެރިން އައުން މަނާކުުރަށް މަޖިލީހުން ފާސްކުރި ގަރާރަށްވެެސް އަދިވެސް ގޮތެއް ނުނިންމާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް މި ފެންނަނީ ފަސް ޖެހޭތަން. އަޅުގަނޑުމެން ވެސް އަޅުވެތިވެފައި މި ތިބެން ޖެހެނީ، އެހެން ފަރާތްތަކުގެ މަދަދުވެރިކަން ހޯދަން. އަދި އަޅުގަނޑުމެންގެ ޓުއަރިޒަމް ކަމުގައިވީ ނަމަވެސް އެހެން ބާރުވެރި ގައުމުތަކުގެ އެހީތެރިކަން ހޯދަންވީކަމުގައިވީ ނަމަވެސް،" ރަޝީދު ވިދާޅުވި އެވެ.

އެހެންކަމުން ދިވެހި ރައްޔިތުންގެ ފަލަސްތީނަށް އޮންނަ ލޯތްބާއެކު އެ މީހުންގެ ހައްގުގައި ފިޔަވަޅު އެޅުމުގައި ފަސް ނުޖެހުމަށް އޭނާ ގޮވާލެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން