އިންޑަސްޓްރިއަލް ވިލެޖުން ހާހެއްހާ ޓަނުގެ ކުނި ނަގައިފި އެވެ.

ކުނި ގިނަވެ، ގޮނޑުވެފައި އޮންނަތާ ގިނަ ދުވަސް ވެފައިވާ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ވެމްކޯއިން ބުނީ ސާފުކުރުމުގެ މަސައްކަތް ރަނގަޅަށް މިހާރު ކުރިއަށްދާ ކަމަށެވެ.

އެގޮތުން ތިން ދުވަސް ތެރޭގައި 928 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ވެމްކޯއިން ބުނެއެވެ. ހަމައެހެންމެ އަދިވެސް އެތަނުން ނަގަން ކުނި އެބަހުރި ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރަނީ މާލޭ ސިޓީ ކައުންސިލާއި، ވެމްކޯ، ހައުސިން މިނިސްޓްރީ، ލޯކަލް ގަވަމަންޓު މިނިސްޓަރީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ފުލުހުން ގުޅިގެންނެވެ.

ސިޓީ ކައުންސިލުން ބުނީ މިހާރު ކުރިއަށްގެންދާ ސާފުކުރުމުގެ މަސައްކަތަށްފަހު އިންޑަސްޓްރިއަލް ވިލެޖުގެ ބައެއް ސަރަހައްދުތައް ބަންދު ކުރާނެކަމަށާއި، އެއީ މީހުން ގޮސް އެފަދަ ތަންތަނަށް ޕިކަޕު ވައްދައި ކުނިއަޅާތީ ކަމަށެވެ.

އެގޮތުން އެ ސަރަހައްދުތަކަށް ވަދެ ނުކުތުން ކޮންޓްރޯލް ކުރުމަށް ގޭޓް ތަކެއް ހަރުކުރުމާއި، ފުލުހުންނާ ގުޅިގެން ސެކިއުރިޓީ ބެހެލެއްޓުން ފަދަ ކަންތައް ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން