މާލޭގެ މަގުމަތި. (ފޮޓޯ: ފަހީމް، ރަސް އޮންލައިން)
މާލޭގެ މަގުމަތި. (ފޮޓޯ: ފަހީމް، ރަސް އޮންލައިން)
ޖޫން މަހާއި ސެޕްޓެމްބަރ މަހާއި ދެމެދު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް މިއަހަރުގެ އެމުއްދަތުގައި ވާރޭވެހޭނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެކަމަށް ބެލެވޭ މިންގަނޑަކީ، އާންމުކޮށް ވާރޭވެހޭ ވަރަށްވުރެ 110 އިންސައްތަ އިތުރުވީމައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށާއި ދެކުނަށް މިދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުންކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން މިދުވަސްވަރު ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައިވެސް ފިނިހޫނުމިން އެންމެ މައްޗައް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް ހުންނާނީ އާންމު މިންވަރަށްވުރެ މަތިކޮށް ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ހާމަކޮށްފައިވެއެވެ.

މިދުވަސްވަރަކީ ދުނިޔޭގައި ރެކޯޑް އަދަދަކަށް ހޫނުމިން މައްޗަށްދާކަން އިހުސާސް ކުރެވެމުންދާ އަހަރެކެވެ. އޭޕްރިލް މަހަކީ ދުނިޔޭގެ މިހާތަނަށް އެންމެ ހޫނު މަސްކަމަށް ރެކޯޑްތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން