ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ރާއްޖެ ހޯދައިފިއެވެ.

އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ކުރިއަށް ދިޔަ ވޯލްޑް ޓްރެވެލް އެވޯޑު ހަފްލާގައި ރާއްޖެ އަށް ވަނީ އިންޑިއަން އޯޝަންސް ކެޓަގަރީގެ ލީޑިން ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑު ލިބިފައެވެ.

ރާއްޖެއަށް ލިބުނު އެވޯޑުތަކާ ހަވާލުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަޕާސަން، އައިޝާ ނޫރައިން ޖަނާޙާއި އެމްއެމްޕީއާރްސީގެ ސީއީއޯ ފާތިމަތު ތައުފީގާއި ޓޫރިޒަމް ޑިވެލޮޕްމަންޓަށް ރައީސް އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ހަލީލެވެ.

ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑު ރާއްޖެއިން މިދިޔަ އަހަރު ވެސް ހޯދާފައިވާއިރު މިއީ އެ އެވޯޑު ރާއްޖެއަށް ލިބުނު ހަތަރުވަނަ އަހަރެވެ.

ވޯލްޑް ޓްރެވެލް އެވޯޑަކީ 1993 ވަނަ އަހަރު ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަން ފެށި އެވޯޑެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން