ރާއްޖެއިން ތިން ގައުމަކަށް އައްޔަނުކުރާ ސަފީރުންނަށް ރުހުންދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ތިން ބޭފުޅަކަށް ރުހުންދޭން ފާސްކޮށްފިއެވެ.

ސަފީރުން ހަމަޖެއްސި ތިން ގައުމަކީ ސައުދީ، ބަންގްލަދޭޝް އަދި ޗައިނާއަަަށެވެ.

ސައުދީ އަރަބިއްޔާގައި ހުންނަވާނެ ސަފީރަކަށް ހަމަޖައްސަވާފައިވަނީ މުހައްމަދު ތާހާއެވެ.

ބަންގްލަދޭޝްގެ ސަފީރަކަށް ޝިއުނީން ރަޝީދު ހަމަޖައްސަވާފައިވާއިރު، ޗައިނާގައި ހުންނަވާނެ ރާއްޖޭގެ ސަފީރަކަށް ހަމަޖައްސަވާފައިވަނީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބެވެ.

އޭގެތެރެއިން، ޑރ. ފަޒީލަކީ ކުރީގެ ގަވަރުނަރުކަމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޝިއުނީންއަކީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

މި ތިން ބޭފުޅުންނަށް ވެސް ރުހުން ހޯދުމަށް މިއަދު އޮތް ޖަލްސާގައި ވޯޓަށް އެހުމުން ފާސްވެފައިވަނީ ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން