ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓު ބޮލާލާ ނުޖެހޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފުލެޓް މައްސަލައިގައި އޭސީސީގެ ރިޕޯޓުގައި ފްލެޓު ލިސްޓާ ގުޅޭ ބޮޑެތި ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވަނިކޮށް އެ ރިޕޯޓް ބޮލާލާ ޖެހުމަކީ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށެެވެ. އެގޮތުން ފްލެޓު ދޭއިރު އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިއުމަށް ސަރުކާރުން ބޭނުން ނުވާ ކަމަށް ހީނާ ވިދާޅުވިއެވެ.

"އޭސީސީގެ ރިޕޯޓަށް ބޮލާލައި ޖަހައި އަޅުގަނޑުމެން އެހެން ގޮތަކަށް ނިންމުމަކީ ފްލެޓު ނުލިބޭ ފަރާތްތަކުގެ ވެސް ފްލެޓު ލިިބިފައިވާ ފަރާތްތަކުގެ ވެސް ހައްގުތަކެއް ވެސް ގެއްލިގެންދާ ކަމެއް،" ހީނާ ވިދާޅުވި އެވެ.

ހީނާ މިހެން ވިދާޅުވެފައިވާއިރު ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓަށް އެއްވެސް ބަދަލެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފްލެޓުތައް ހަވާލުކުރުމަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން