ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން މިހާތަނަށް އަނބުރާ އިންޑިއާއަށް ފޮނުވާލާފައިވަނީ 51 ސިފައިންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ 51 ސިފައިން ފޮނުވާލާފައިވާ ކަމަށެެވެ. އެގޮތުން އިންޑިޔާ ސިފައިންގެ ދެ ޕްލެޓްފޯމެއްގައި ތިބި ސިފައިން މިހާރު ފޮނުވާލާފައިވާކަމަށް ހީނާ ވިދާޅުވިއެވެ.



މީގެ އިތުރުން ހީނާ މިއަދު ވިދާޅުވީ މި މަހުގެ 10 ގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާގެ ސިފައިން ފޮނުވާލެވޭނެ ކަމަށެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބައިގެން ދިއުމުން މިކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމުގެ މަސައްކަތުގައި ދެ ގައުމުގެ އެންމެ އިސް އޮފިޝަލުންގެ މެދުގައި ގެންދަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންނެވެެ. ރާއްޖެއާއި އިންޑިޔާ އާއިދެމެދު މިކަމުގެ މަޝްވަރާއަށް އެކުލަވާލި ކޯ ގުރޫޕްގެ ބައްދަލުވުމަށް ފަހު ދެ ގައުމުން ވެސް އާންމު ކުރި ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ތިބި ސިފައިންގެ ތެރެއިން އެންމެ ފަހު ބެޗު އަންނަ ހުކުރު ދުވަހު ފޮނުވާލާނެ ކަމަށާއި އެކަމާއި މެދު މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަކީ މި ސަރުކާރުގެ ވައުދެކެވެ. އިންޑިޔާ ސިފައިން ބޭލުމަށްފަހު އެގައުމުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޯނިޔާ އާއި ހެލިކޮޕްޓަރު ދުއްވަން މަދަނީ މީހުން ގެންނަން ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ރާއްޖެ އައިސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން