ދ. މާދެލީގައި އަޅަން ނިންމާފައިވާ މަސް ފެކްޓްރީ ފ. ނިލަންދޫއަށް ބަދަލުކުރަން ނިންމައިފި އެވެ.
ތިން ރަށެއްގައި މަސް ފެކްޓްރީ އަޅަން ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާ ޑޮންގްފަންގް އިލެކްޓްރޯނިކް އިންޓަރނޭޝަނަލް ކޯރޕަރޭޝަންއާއެކު މިދިޔަ މަހު ސޮއިކުރިއިރު އޭގެ ތެރޭގައި މާދެލިވެސް ހިމެނެ އެވެ.
ނަމަވެސް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މާދެލީގައި އަޅާ ފެކްޓްރީ ނިލަންދޫއަށް ބަދަލުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, ފ. ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ހަމަޖައްސެވުމާ ގުޅިގެން މެދުރާއްޖޭގައި އަޅާ މަސްފެކްޓަރީ ނިލަންދޫގައި ގާއިމުކުރަން ނިންމީ ކަމަށް މިނިސްޓްރީން ބުނެއެވެ.
މަސްފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މިނިސްޓްރީގެ ސީނިއަރ ޓީމެއް ނިލަންދޫ ކައުންސިލާވެސް ވަނީ ބައްދަލުކޮށްފަ އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނިލަންދޫއަށް އެ ޕްރޮޖެކްޓް ބަދަލުކުރަން ނިންމީ މާދެލީގައި ރިސޯޓެއް ތަރައްގީކުރަން ދޫކޮށްފައި އޮތުމާއެކު ބަދަލު ދިނުމަށް ފަހު އަލުން އެ މަޝްރޫއު އެ ރަށުގައި ކުރިއަށް ގެންދިއުމަކީ ފީސިބަލް ކަމަކަށް ނުފެންނާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު