މި ފެށޭ ދިރާސީ އަހަރުގައި މާލޭގެ ސްކޫލްތަކުގައި ކިޔެވުމަށް އަތޮޅުތެރޭގެ ސްކޫލްތަކުން 790 ދަރިވަރުން ފޯމް ހުށަހަޅައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ތަފާސްހިސާބަށް ބަލާއިރު މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް ވެއްދުމަށް 2290 ފޯމް ހުށަހަޅާފައިވެއެވެ.

އޭގެ އިތުރުން ގްރޭޑް 1 ފިޔަވާ އެހެނިހެން ގްރޭޑްތަކަށް ވެއްދުމަށް 1450 ފޯމް ހުށަހަޅާފައިވާއިރު މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް 660 ދަރިވަރަކު ފޯމް ހުށަހަޅާފައިވެއެވެ.

އަދި ​މާލޭގެ ސްކޫލްތަކުގައި ކިޔެވުމަށް އަތޮޅުތެރޭގެ ސްކޫލްތަކުން 790 ދަރިވަރުން ފޯމް ހުށަހަޅާފައިވެއެވެ.

ކޮންމެ އަހަރަކުވެސް އަތޮޅު ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން މާލެ ސަރަހައްދަށް ތައުލީމު ހާސިލުކުރުމަށް އާދެއެވެ. މީގެ ސަބަބުން މާލެ ސަރަހައްދުގައި ކޮންމެ އަހަރަކުވެސް އިތުރު ޖާގަ އުފައްދައި އިތުރު ސްކޫލްތައް ބިނާކުރަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން