އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް ބޮޑެތި އިނާޔަތްތަކާ އެކު ރިޓަޔަވެވޭ ގޮތަށް އެ ކޮމިޝަނުން އެކުލަވާލި ގަވައިދު އުވާލައިފިއެވެ.

މި އަހަރުގެ ފެބްރުއަރީ މަހު އާންމުކުރި ގަވައިދުގައި ވާ ގޮތުން މުވައްޒަފުގެ އުމުރުން 55 އަހަރު ވުމުން މުވައްޒަފަށް އިނާޔަތެއް ދީ، ވަޒީފާ ދޫކޮށްލުމުގެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ޒަކަރިއްޔާ ބައެއް ނޫސްތަކަށް ވިދާޅުވެފައިވަނީ، އެ ގަވާއިދު އުވާލަން ނިންމީ ފިނޭންސް މިނިސްޓްރީން އެގޮތަށް އެންގުމުން ކަމަށެވެ.

ގަވާއިދާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން އެެހެން އެންގި ސަބަބެއްގެ ގޮތުގައި ބުނީ، އިލެކްޝަންސް ކޮމިޝަނުގެ މުސާރައިގެ ކަންކަން ނިންމަނީ އިލެކްޝަންސް ކޮމިޝަންކަމަށް ވުންކަމަށް ވެސް ޒަކަރިއްޔާ ވަނީ ވިދާޅުވެފައެވެ.

އުވާލި އެ ގަވާއިދުގައިވާ ގޮތުން، އެއްފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތުގެ ގޮތުގައި އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރަ އާއި ހިދުމަތްކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއްފަހަރާ ލިބެން ޖެހެއެއެވެ.

ރިޓަޔާކުރާ ކޮންމެ މީހަކަށް މަހުން މަހަށް އެމީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 އިންސައްތަ ރިޓަޔަމަންޓު ޕޭގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް ބުނެފައިވާއިރު ހިދުމަތް ކުރާތާ 30 އަހަރު ވެފައިވާނަމަ އޭރަކު އެ މީހަކަށް މުސާރައިގެ ގޮތުގައި ލިބޭ އަދަދު ރިޓަޔަމަންޓު ޕޭގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން، އުމުރުން 55 އަހަރު ފުރިހަމަނުވި ނަމަވެސް ކޮމިޝަނުގެ ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ މުވައްޒަފަކު ކޮމިޝަނުގެ މެންބަރުުކަމަށް އައްޔަންވެއްޖެ ނަމަ، އަދި އެ މެންބަރެއްގެ ދައުރު ހަމަވިއިރު އީސީ އަށް10 އަހަރު ހިދުމަތްކޮށްފައިވާ ނަމަ ރިޓަޔަމެންޓުު އިނާޔަތް ދޭން ޖެހޭނެކަމަށް ގަވާއިދުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން