އަސްކަރީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީއާއި އެމެރިކާގެ މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްއާއި އެކީ މަޝްވަރާ ކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މަޝްވަރާގައި އިސްކޮށް ބައިވެރިވެވަޑައިގަތީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނެވެ. މޮންޓާނާ ސްޓޭޓްގެ ނޭޝަނަލް ގާޑްސްގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ އެޖުޓަންޓް ޖެނެރަލް ޖޯން ޕީޓާ ރޮނެކް ދަ ސެކަންޑް އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ރާއްޖޭގެ އަސްކަރިއްޔާ އާއި މޮންޓާނާގެ ނޭޝަނަލް ގާޑްސްއާއެކު އޮތް ގުޅުންތަކާއި އަދި ކުރިއަށް އޮތް ތަނުގައި އެކުގައި ކުރެވޭނެ މަސައްކަތްތަކާ ގުޅޭ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން