ފ. ނިލަންދޫ މަސްފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ނިލަންދޫގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ ޓީމެއް ނިލަންދޫ ކައުންސިލާ ބައްދަލުކޮށްފައިވެއެވެ.

މިބައްދަލުވުމުގައި މަސްފެކްޓަރީ ގާއިމްކުރުމަށް އެރަށުގެ ސިނާއީ ސަރަހައްދުގެ ބައެއް ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.



ހުސްވި އޭޕްރީލް މަހު ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ފ. ނިލަންދޫއަށް ވަޑައިގެން، އެރަށަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ހަމަޖައްސަވަައި މެދުރާއްޖޭގައި އަޅާ މަސްފެކްޓަރީ އެރަށުގައި އެޅުމަށް ނިންމަވާފައިވާކަން އިއުލާން ކޮށްދެއްވާފައިވެއެވެ.

މީގެއިތުރުން، ރައީސް ވަނީ އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދު ކަމަށްވާ އެއާޕޯޓްގެ މަޝްރޫއު ހަގީގަތަކަށް ހަދައިދެއްވާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން