ކުޅުދުއްފުށި ސިޓީގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ކުޅުދުއްފުށި ސިޓީ، "ގޮންބުލިމާގެ" ނަމަކަށް ކިޔާ ގެއެއްގެ ބަދިގޭގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ގޭގައި ރޯވިކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކުރި ކަމަށެވެ. އަދި 10:40 ހާއިރު އަލިފާން ނިއްވާލައިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.



އެ ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގޭގެ ބަދިގެއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ގޭގައި ރޯވާން ދިމާވި ސަބަބެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން