މުހައްމަދު ނަބީލް (ޔާޔާ ނަބީލް)
މުހައްމަދު ނަބީލް (ޔާޔާ ނަބީލް)
ޓިކްޓޮކްގައި ނިވާކަންކުޑަ އަންހެން ހެދުން އަޅައިގެން ޔާޔާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރުކޮށްފައިވަނީ ޓިކްޓޮކްގައި ޔާޔާ ނަބީލްގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 39 އަހަރުގެ އަހުމަދު ނަބީލެވެ. އޭނާއަކީ ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ބޭއަދަބީ ވާހަކަދެއްކުމުގައި މުޅިންހެން އުޅޭ މީހެކެވެ.

މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ ޔާޔާ ނަބީލް ހައްޔަރުކޮށްފައިވަނީ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފަށް ނިވާކަންކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުން ދިއުމާއި ގުޅިގެންނެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައެވެ.

މިމައްސަލަ ފުލުހުން ބަލަމުންދާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ޓިކްޓޮކްގައި އަމިއްލައަށް ބަރަހަނާވެގެން 2021 ވަނަ އަހަރުވެސް ނަބީލް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ހަމަ މިފަދަ މައްސަލައެއްގައި އޭގެ ފަހުން 2022 ވަނަ އަހަރުވެސް ނަބީލް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި 2022 ވަނަ އަހަރު، މީސްމީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރުމުގެ މައްސަލައިގައި މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން