ނޫސްވެރިކަމުގެ މިނިވަންކަން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައި ވީނަމަވެސް، ނޫސްވެރިންނާއި މީޑިއާތަކަށް އަބަދުވެސް ގިނަގުނަ ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަޙްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައި މުސްތަފާ އިތުރަށް ވިދާޅުވީ ޤާނޫނީގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިމާވާ އެކިއެކި ހުރަސްތަކާއި، ނޫސްވެރިންނަށް އަނިޔާކުރުމާއި، ފުރައްސާރަކޮށް އިންޒާރުދިނުންފަދަ ކަންކަން ހުއްޓާލައިގެން މެނުވީ ޑިމޮކްރަސީގެ މި މުހިންމު އަސާސް ޤައުމުގައި ނޯންނާނެކަން އެންމެންވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ.
ނޫސްވެރިކަމަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން އޭނާ ވިދާޅުވީ މީސްމީޑިއާ އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ނޫސްވެރިކަމަށްވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިކަމަށެވެ. އަދި ނޫސްވެރިކަމުގައި ސަމާލުވާންޖެހޭ އެންމެ ބޮޑު ކަމަކީ ނޫސްވެރިންނާއި މީޑިއާގެ ވަސީލަތްތަކުން ފަތުރާ ޚަބަރާއި މައުލޫމާތަކީ، ނުފޫޒުން އެއްކިބާވެފައިވާ ސައްޙަ ތެދު މައުލޫމާތު ކަމުގައި ވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
1993 އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މެއި މަހުގެ 3 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ "ތިމާވެށީގެ ކާރިސާއާ ކުރިމަތިލާއިރު ނޫސްވެރިކަން" މިއެވެ.

ކިޔުންތެރިންގެ ހިޔާލު