ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަފާތު ދައްކަވާނީ ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު ނަތީޖާ އިން ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.
އަދުރޭ މިއަދު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޢިއްޒު އަބަދުވެސް އިސްކުރައްވާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމު ކަމަށެވެ. އަދި އެމަނިކުފާނުމަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންނާއި ގާތުން ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަކީ އެ މަނިކުފާނުގެ އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޑރ. މުޢިއްޒަށް ރައްޔިތުން ދެއްވި އިތުބާރު އެ މަނިކުފާނު ދަމަހައްޓަވާނީ ރައްޔިތުންނަށް އިތުބާރު ދެއްވައިގެން. އެ މަނިކުފާނު ތަފާތު ދައްކަވާނީ ތެދުވެރިކަމާ އިޚްލާޞްތެރިކަމާއެކު ނަތީޖާއިން. ގައުމުގެ މުއްސަދިކަމަކީ ރައްޔިތުންގެ ހައްގެއްކަން ގަބޫލުފުޅު ކުރައްވައިގެން،" ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް އިންތިހާބު ވެވަޑައިގެންފައިވާ އަބުދުއްރަޙީމް ވިދާޅުވިއެވެ.
އަބުދުއްރަޙީމް މިހެން ވިދާޅުވެފައިވާއިރު ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީ އަށް ވަނީ ލިބިފައެވެ.

ރައީސް ޑރ.މުޢިއްޒު އަބަދުވެސް އިސްކުރައްވާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމު.މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެން ރައްޔިތުންނާއި ގާތުން.ރައްޔިތުންގެ ކަން ބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަކީ އެ މަނިކުފާނުގެ އަމާޒު.ރައީސް ޑރ.މުޢިއްޒަށް ރައްޔިތުން…
— Abdul Raheem Abdulla (@Banafsaa) May 3, 2024
"ރައީސް ޑރ. މުޢިއްޒަށް ރައްޔިތުން ދެއްވި އިތުބާރު އެ މަނިކުފާނު ދަމަހައްޓަވާނީ ރައްޔިތުންނަށް އިތުބާރު ދެއްވައިގެން. އެ މަނިކުފާނު ތަފާތު ދައްކަވާނީ ތެދުވެރިކަމާ އިޚްލާޞްތެރިކަމާއެކު ނަތީޖާއިން. ގައުމުގެ މުއްސަދިކަމަކީ ރައްޔިތުންގެ ހައްގެއްކަން ގަބޫލުފުޅު ކުރައްވައިގެން،" ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް އިންތިހާބު ވެވަޑައިގެންފައިވާ އަބުދުއްރަޙީމް ވިދާޅުވިއެވެ.
އަބުދުއްރަޙީމް މިހެން ވިދާޅުވެފައިވާއިރު ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީ އަށް ވަނީ ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު