ރޯދަ މަހުގެ ކަރަންޓު ބިލުތަކުން އިތުރު ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.
މިދިޔަ ރޯދަމަހުގެ ޔުޓިލިޓީ ބިލްތަކުން ޖުމްލަ 45 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ޖެހިގެން އައި މަހު ގޭބިސީތަކަށް ލިބުނު ކަރަންޓް ބިލު 3 ގުނަ ވެފައިވާތީ އެކަމުގެ ކަންބޮޑުވުން ޢާއްމު ރައްޔިތުން ދަނީ މީސްމީޑިއާގައި ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ "އެކްސް" ގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން މިހާރު ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދިނުންމަތީ ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން." ފަހުމީ ވިދާޅުވި އެވެ.
އެންމެ ފަހުގެ ކަރަންޓު ބިލު ބޮޑުވިއިރު ދެން އަންނަ ބިލުވެސް ބޮޑުވާނެ ކަމަށް ބެލެވޭ ކަމުގައި ފަހުމީ ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު