ޗިކުންގުންޔާ ފެތުރޭވަރު ކޮންޓްރޯލް ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފި އެވެ.

މަދިރިން ފެތުރޭ އެ ބަލި މިފަހުން ފެތުރެން ފެށިފަހުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 100އިން މަތީގަ އެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ރަސް"އަށް ވިދާޅުވީ އެންމެ ގިނައިން އެ ބަލި ޖެހިފައިވަނީ މާލޭގައި ކަމަށެވެ.

އެގޮތުން މާޅެއިން 166 އަދި އަތޮޅުތަކުން ފެނިފައިވާ ހަތަރު ކޭސްއާއެކު ޗިކުންގުންޔާ ޖެހުނު ޖުމްލަ އަދަދު 170އަށް އަރާފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ޗިކުންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، ހުންއައުމާއި ހުޅުހުޅުގައި ރިއްސުމާއި، ބޮލުގައި ރިއްސުމެވެ. ޗިކުންގުންޏާގެ އަލާމާތްތައް ފެންނަށް ފަށަނީ ޖަރާސީމު އަށަގެންފައިވާ މަދިރި ސަލާމަތުން ހުރި މީހާގެ ހަށިގަނޑުގައި ހަފާތާ ހަތަރު ދުވަހާއި ހަތް ދުވަސް ނުވަތަ ދެ ދުވަހާއި ފަސް ދުވަހާއި، ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ.

ޗިކުންުގުންޔާ ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން މަދިރި މަދުކުރުމަށް މާލެއާއި ހުޅުމާލޭގެ ތަންތަން މިހާރު ދަނީ ފޮގްވެސް ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން