މާލޭގެ ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދަން އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

މާލޭގައި ފެންބޮޑުވުމުގެ މައްސަލައަކީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވިވާ މައްސަލަ އެކެވެ.

މި ސަރުކާރު ވެރިކަމަށް އައިފަހުން ވެސް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހިލާއިރު މުޅި މާލެ އޮންނަނީ ފެންބޮޑުވެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޓީތަކާއި އަދި ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

އެގޮތުން މާފަންނުގެ ކަނބާ އައިސާ ރަނި ހިނގުން ފަދަ ސަރަހައްދުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުން މި ފެށޭ ހަފުތާގެ ތެރޭގައި މި މަސައްކަތަށް ސިފައިން ވަގުތީ ހައްލެއް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ގަބޫލުކުރެވޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި މުޅި މާލޭގެ މަގުތައް ހެދުމުން ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން