ރާއްޖޭގައި ހަށިވިއްކަން ބޭނުންކުރި ޓެލެގްރާމް ޗެނަލެއް ފުލުހުން އަނެއްކާވެސް އަތުލައިގެންފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ އަތުލައިގަތީ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް "އެމްވީ ކޯލް ގާލްސް"ގެ ނަމުގައި ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލެއް ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މިދިޔަ މާޗު މަހު ވެސް ފުލުހުން ވަނީ ހަށިވިއްކުމަށް އޮޕަރޭޓްކުރި ޓެލެގްރާމް ޗެނަލެއް އަތުލައިގެންފަ އެވެ. އެ ޓެލެގްރާމް ޗެނަލްގައި 7000 މީހުން ތިބި ކަމަށް އޭރު ފުލުހުން ބުނެއެވެ.

އެ މައްސަަލައިގައި 28 އަހަރުގެ ފިރިހެނަކާ 39 އަހަރުގެ ދިވެހި އަންހެނެއް ހައްޔަރުކުރި އެވެ. އެއީ ދެމަފިރިންނެވެ. އެ މީހުންގެ ފައިނޭންޝަލް ޓްރާންސެކްޝަން ތަކަށް ބަލާއިރު، އާމްދަނީ ހޯދުމަށް އެމީހުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި، ނަމަވެސް އެމީހުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާގެ ޓްރާންސެކްޝަންތައް ހިންގާފައިވާ ކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ.

ހަށިވިއްކުމުގެ އެ މައްސަލައިގައި މީހުން އެކި ތަންތަނަށް އުފަލައިދިނުމަށް އުޅުނު ޓެކްސީ ޑްރައިވަރަކުވެސް ހައްޔަރުކުރި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން