ޕަބްލިކް ސާވިސް މީޑިއާގެ ޑިރެކްޓަރ ފައިނޭންސްގެ މަގާމުގައި ހުރި އަހްމަދު ހަނީފް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފިއެވެ.
އެކަން ހާމަ ކުރުމުގެ ގޮތުން ޕީއެސްއެމް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހަނީފް މަސްއޫލިއްޔަތުތަކުން އެކަހެރި ކުރީ ފައިނޭންސް ޑިޕާޓްމަންޓުން ޕޭމަންޓުތަކާއި ކޭޝްފްލޯ މެނޭޖުކުރުމުގައި ކޯޕަރޭޓް އުސޫލާ ހިލާފަށް ކަންކަން ކުރަމުންދާ ކަން ފާހަގަ ވުމާއި ގުޅިގެން އެ މައްސަލަ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުން ބަލަމުންދާތީ ކަމަށެވެ.
ޕީއެސްއެމުން ބުނެފައިވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރީ ބޯޑުން މައްސަލަ ބަލާ ވަކިގޮތެއް ނިންމަންދެން ކަމަށެވެ.
އަދި މިކަމާއި ގުޅޭ އިތުރު ތަފުސީލުތައް ފަހުން ހާމަކުރާނެކަމަށް ވަނީ ބަޔާނުގައި ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ބަޔަކަށް ދޭންޖެހިފައިވާ ފައިސާއެއް ލިޔެކިޔުންތައް ހަމަނުވާތީ ދޫނުކޮށް ހިފަހައްޓާފައިވާ މައްސަލައެއްގައެވެ.
ހަނީފަކީ 2006 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒަފެކެވެ.

ކިޔުންތެރިންގެ ހިޔާލު