ށިފަރު މޯލްޑިވްސްގެ "ޕްލާސްޓިކާ ނުލާ" ކެމްޕެއިން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ
ށިފަރު މޯލްޑިވްސްގެ "ޕްލާސްޓިކާ ނުލާ" ކެމްޕެއިން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ
ކުނީގެ ތެރޭގައި ހިމެނޭ ޕްލާސްޓިކުގެ ތެރެއިން ރީސައިކަލް ކުރެވެނީ ކުޑަ މިންވަރެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފުށިފަރު މޯލްޑިވްސްގެ "ޕްލާސްޓިކާ ނުލާ" ކެމްޕެއިން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން މީޑިއާތަކާއި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގައި އުފައްދާ ކުނީގެ 8 އިންސައްތައަކީ ޕްލާސްޓިކް ކަމަށެވެ. އަދި މީގެ ތެރެއިން ރީސައިކަލް ކުރެވެނީ އެންމެ ޕަސެންޓެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގައި އުފައްދާ ކުނީގެ ގާތްގަނޑަކަށް ސޮލިޑް ވޭސްޓުގެ 8 ޕަސެންޓަކީ ޕްލާސްޓިކް. މިދައްކަނީ ގާތްގަނޑަކަށް 20000 - 25000 މެޓްރިކް ޓަނުގެ ކުނީގެ ވާހަކަ. އޭގެ ތެރެއިން އެންމެ ޕަސެންޓެއް ރީސައިކަލް ކުރެވޭކަމަށް އަޅުގަނޑުމެންނަށް މިމަޢުލޫމާތު ލިބެނީ." މިނިސްޓަރ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ޕްލާސްޓިކް ކުނި ރީސައިކަލް ކުރެވޭ މިންވަރު އިތުރުކުރަން ޖެހޭކަމަށެވެ. އަދި މިނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުންވެސް ޕްރައިވެޓް ސެކްޓަރ އިންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސަރުކާރުންވެސް ޕްރައިވެޓް ސެކްޓަރ އިންވެސް އެފާޓް ލާން ޖެހޭ މި ނިޒާމު ހަރުދަނާ ކުރުމަށް. ދުނިޔޭގެ ކުރިއަރާފައި ހުރި ކުނި މެނޭޖް ކުރުމަށްޓަކައި ޤާއިމް ކުރެވިފައި ހުރި ވަސީލަތްތަކާއި އެއްކޮށް އަޅުގަނޑުމެންވެސް ކުރިއަށް ގޮސްފިނަމަ ރީސައިކަލް ކުރެވޭ އިންސައްތަ އިތުރު ކުރެވޭނެ." ޝިޔާމް ވިދާޅުވިއެވެ.

ޕްލާސްޓިކް ރީސައިކަލް ކުރެވޭ މިންވަރު އިތުރުކުރެވިއްޖެނަމަ ޕްލާސްޓިކުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުން ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށްވެސް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން ފުށިފަރު މޯލްޑިވްސްގެ "ޕްލާސްޓިކާ ނުލާ" ކެމްޕެއިން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު މަދުކުރުމަށް އެންމެ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އިލްތިމާސް ކުރައްވާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު މަދުކުރުމަކީ ޑރ. މުއިއްޒުގެ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަން ވެސް ފިޝަރީޒް މިނިސްޓަރ ޝިޔާމް ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން