އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސާމާނު އެންމެ ފުޅާ ދާއިރާއެއްގައި އެތެރެ ކޮށް ވިއްކަމުން އަންނަ ކުންފުންޔެވެ. އެސް.ޓީ.އޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ބައްލަވައި ގަންނަވާ 'ޕަޔަނިއާ' ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާ އެއް ޖީއެސްޓީ ނުހިމަނައި، 90 ރުފިޔާ އަށް ލިބިގެން ދާނެކަމަށް އެސްޓީއޯއިން ބުނެއެވެ. މިއީ އާންމު އަގުންނަމަ 108 ރުފިޔާ އަށް ވިއްކަމުންއައި ސިމެންތި ބަސްތާއެވެ.

މީގެ އިތުރުން 1500ރުފިޔާ އަށް ވުރެއް މަތިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށްވެސް ލޯޑް ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވެރީ ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕަޔަނިއާ ސިމެންތި އަކީ ޔޫއޭއީގައި އެންމެ މަގްބޫލް އެއް ސިމެންތި ބްރޭންޑެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހު 29 އިން ފެށިގެން މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯ އިން ބުނީ މިޕްރޮމޯޝަނުން ލިބިގެންދާ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި، އަތޮޅު ތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާއި އަދި އާއްމު ފަރުދުންނަށްވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން