އިސްރާއިލުގެ ފަތުރުވެރިއަކު ތުލުސްދޫން ބާލައިިފި އެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ "ރަސް" އަށް ވަނީ އެކަން ހިނގިކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.
އަސްލަމް ވިދާޅުވީ އިސްރާއިލުގެ އަންހެން ފަތުރުވެރިއަކު ތުލުސްދޫގައި އުޅޭކަން އެނގުނީ ސޯޝަލް މީޑިއާގައި އޭނާ ޕޯސްޓުތައް ކުރާތީ އެ ރަށުގެ ބަޔަކަށް ކަމަށެވެ.
އެހެންވެ އޭނާ ހުރި ގެސްޓު ހައުސްއިން އޭނާއާ ވާހަކަ ދައްކައިގެން ރަށުން ފުރުވާލީ ކަމަށާއި އެކަން ހިނގީ ސުލްހަވެރިކޮށް ކަމަށާއި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
ތުލުސްދޫއަށް މީގެ ކުރިން އިސްރާއިލުގެ ފަތުރުވެރިން ގިނަ އަދަދަކަށް އާދެއެވެ. ނަމަވެސް ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކާއެކު ތުލުސްދޫ ރައްޔިތުންގެ ނުރުހުން އިސްރާއިލުގެ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
އަދި ރަށުގެ އެކި ސަރަހައްދުތަކުގައި އިސްރާއިލާ ދެކޮޅު ލިއުންތައް ލިއެފައިވާކަން ފާހަގަކުރެވެ އެވެ.
ތުލުސްދޫ ފަތުރުވެރިޔާ ބޭލިއުރު އިސްރާއީލުން ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން، އެ ގައުމުގެ ފަތުރުވެރިން ރާއްޖެއައުން މަނާކުރުމަށް ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހުން މި މަހު ވަނީ ފާސްކޮށްފަ އެވެ.
ނަމަވެސް އެއަށް އަމަލުކުރާން ފެށި ކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު