އަހުޒަމް އަޙްމަދު   30 އޭޕްރީލު 2024 - 11:27
ސްކޫލް ތަކުގެ ދިރާސީ އަހަރު ނިންމާލައި ބޮޑު ޗުއްޓީ ފަށައިފި އެވެ.

ކުރިން ދިރާސީ އަހަރު، ނިމެނީ މީލާދީ އަހަރު ނިމޭ ހިސާބުގައެވެ. ނަމަވެސް ސަރުކާރުން ގެނައި ބަދަލާއެކު ދިރާސީ އަހަރު މިއަހަރުން ފެށިގެން ނިމެމޭނީ އަހަރުގެ މެދު ތެރޭގަ އެވެ.

ދިރާސީ އަހަރު ނިމުމާއެކު މިއަދު ވަނީ ރިޕޯޓްފޮތް ދީ ބޮޑު ޗުއްޓީ ފަށައިފަ އެވެ.

އެއާއެކު ދެން ދިރާސީ އާ އަހަރާއެކު ކިޔެވުން ފަށަނީ އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ. ދެން ފަށާ ދިރާސީ އާ އަހަރު މާޗު މަހު ރޯދަ މަހާ ދިމާކޮށް ނިންމާލައި ބޮޑު ޗުއްޓީ ފަށާނެ އެވެ.

ސަރުކާރުން ނިންމާފައި ވަނީ 2026 އިން ފެށިގެން ކުރިއެކޭ އެއްގޮތަށް ދިރާސީ އާ އަހަރު ޖެނުއަރީގައި ފަށާ ގޮތަށް ޕްލޭން ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން