ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.

އޭނާ ފޮރިން މިނިސްޓްރީއަށް ބަދަލުކުރިކަން އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ރަސް" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ނަސީރުގެ ކެރިއަރުގެ ބޮޑުބައި މާލީ ކަންކަމާ ގުޅޭ ވަޒީފާތަކުގައި ހޭދަކޮށްފައިވާއިރު އޭނާ ފޮރިން މިނިސްޓްރީއަށް ބަދަލުކުރީ ސީދާ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ.

އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އަދި ނަސީރުގެ ބަހެއް ވެސް ނުލިބެ އެވެ.

މިނިސްޓަރުގެ ފެންވަރުގެ މަގާމުގައި ފިނޭންސް މިނިސްްޓަރަށް ލަފާދޭން ނަސީރު އައްޔަނުކުރީ މިދިޔަ ޑިސެމްބަރުގަ އެވެ.

ނަސީރާއެކު ހަމަ އެ ފެންވަރުގެ މަގާމެއްގައި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވެސް އޭރު އައްޔަނުކުރި އެވެ. މުނައްވަރު މިހާރުވެސް ހުންނެވީ ހަމަ އެ މަގާމުގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން