ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިރޭ ވިދާޅުވެއްޖެެއެވެ.

ވަޒީރުންނާއި އާންމު ރައްޔިތުންނަށް ސުވާލު ކުރެވޭ ގޮތަށް މިރޭ ކުރިއަށް ގެންދާ "އަހާ" ފޯރަމްގައި ވާހަކަ ދައްކަވަމުން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހައްލު ކުރަށްވާނެ ކަމަށެވެ. އެގޮތުން އެމައްސަލަ ހައްލު ކުރުމަށް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށް ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ހިންމަފުށީގައި ފަށާނެ ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ، ބިދޭސީންގެ މައުލޫމާތުތައް ހިއްސާކުރަންޖެހޭ ހުރިހާ އިދާރާއަކަށް މިހާރު ބިދޭސީންނާއި ގުޅޭ މައުލޫމާތުތަކުގެ އެކްސަސް ދީފައިވާނެކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ އެއް އަހަރުތެރޭ ވަކި ނިޒާމެއްގެ ދަށުން ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައި އެމީހުންގެ ފޮޓޯތައް އާންމުކުރާނެ ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ފުރުވާލެވިފައިވާ ބިދޭސީންގެ ޑިޕޮޒިޓް އެއް ހަފްތާ ތެރޭގައި ރީފަންޑް ކުރެވޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެެވެ. މީގެ އިތުރުން އެކި ބާވަތުގެ ކުށްތަކަށް އަރައިގަންނަ ބިދޭސީންނަށް ދެވަނަ ފަހަރަށް ރާއްޖެ ނާދެވޭނެ ގޮތަށް ޑީޕޯޓް ކުރާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން