މަސްވެރިން ބާނާ މަހަށް މިހާރު ނުދެއްކި ވަނީ 27 މިލިއަން ރުފިޔާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިއަށް ގެންދަވާ "އަހާ" ސިލްސިލާ ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މަސްވެރިންނަށް ނުދީ ދުއިސައްތަ އެތައް މިލިއަން ރުފިޔާއެއް އޮތްކަމަށެވެ.
ހާއްސަ ގޮތެއްގައި އެ އަދަދު ބޮޑުވެފައިވަނީ، މަސްގަންނަ އަގު 17 ރުފިޔާ އިން 25 ރުފިޔާއަށް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ދުވަސްވަރު އޭރުގެ ސަރުކާރުން ބޮޑު ކޮށްލުމާއި ގުޅިގެންކަމަށް ޝިޔާމް ވިދާޅުވިއެވެ.
ނަމަވެސް، ރައީސް ބޭނުންފުޅުވީ މިދިޔަ ރަމަޟާން މަހުގެ ކުރިން މަސްވެރި އާއިލާތަކަށް ދޭންޖެހޭ އެ ފައިސާ ދީ ނިންމަން ކަމަށާއި އެހެންކަމުން، ކުރެވުނު މަސައްކަތުން ރަމަޟާން މަހުގެ ކުރިން ވަނީ ބެކްލޮގް އެއްކޮށް ހަލާސް ކުރެވިފައި ކަމަށް ވިދާޅުވިއެވެ.
އަދި އޭގެ ފަހުން މިހާރު މިއަދާއި ހަމައަށް މަސްވެރިންނަށް ނުދެވި އޮންނާނި 27 މިލިއަން ރުފިޔާ ކަމަށާއި، އެއީ ވެސް ވަރަށް އަވަހަށް ދައްކާ ހަލާސްކުރެވޭނެ ފައިސާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މަސްވެރިން ރަނގަޅަށް މަސް ބާނާނަމަ ރަނގަޅު އަދަދުތަކުން ފައިސާ ދޭންޖެހޭއިރު، އެ އަދަދަކީ ކުޑަ ދުވަސްކޮޅަކުން ވެސް އަރާފާނެ އަދަދެއްކަން ފާހަގަ ކުރެވޭކަމަށެވެ. އަދި މި މަހުގެ މުސާރައަށްފަހު މިފްކޯއިން އެ ފައިސާ ދިނުމުގެ މަސައްކަތް ލަސްނުވެ ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު