ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރެވޭ އުސޫލަށް ބަދަލު ގެނެސްފި އެވެ.

ކަސްޓަމްސްއިން މިއަދު ގެޒެޓުކުރި މުވައްޒަފުންގެ އާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރެވޭނީ އެ މަގާމަށް އައްޔަނު ކުރެވޭއިރު ކަސްޓަމްސްގެ ވަޒީފާގައި ޗީފް ސުޕްރިންޓެންޑެންޓުގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި ހުރި އޮފިސަރަކަށެވެ.

އެ އުސޫލަށް އަމަލުކުރާނީ މިއަދުން ފެށިގެން ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ ކުރިން 2012 ވަނަ އަހަރު އެކުލަވާލައިފައިވާ މުވައްޒަފަުންގެ ގަވާއިދުގައި ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަނުކުރުމުގެ ޝަރުތެއްގެ ގޮތުގައި ބުނެފައި ވަނީ އުމުރުން 30 އަހަރު ފުރި މާސްޓާސް ޑިގްރީ ހާސިލްކޮށް، އެ އިދާރާގައި މަދުވެގެން ފަސް އަހަރު ހިދުމަތްކޮށްފައިވާ ބޭފުޅަކަށް ވުމެވެ.

ނޫން ނަމަ ޑިޕްލޮމާ ހާސިލްކޮށް ކަސްޓަމްސްގައި މަދުވެގެން 15 އަހަރު ހިދުމަތްކުރުމާއި ޗީފް ކަސްޓަމްސް އޮފިސަރުން ފެށިގެން މަތީ މަގާމެއްގައި ތިން އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށް، އެ އިދާރާގައި މަދުވެގެން 20 އަހަރު ހިދުމަތްކޮށްފައިވާ މީހަކަށް ވުމެވެ.

ކަސްޓަމްސްގައި މިހާރު ހަތަރު ޑެޕިއުޓީ ކޮމިޝަނަރުން ތިއްބަވާއިރު ފުރަތަމަ ފަހަރަށް މި އަހަރު ވަނީ އަންހެން ބޭފުޅަކު ވެސް އެ މަގާމަށް އައްޔަނުކުރައްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން