ބައިނަލްއަގުވާމީ އިކޮނޮމިކް ފޯރަމްގެ ހާއްަސަ ބައްދަލުވުމަކަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސައުދީއަށް މިއަދު ވަޑައިގެންފިއެވެ.

ސައުދީގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމް ސްޕެޝަލް މީޓިންގ އޮން ގްލޯބަލް ގްރޯތު އެންޑް އެނާޖީ ފޯ ޑިވެލޮޕްމެންޓް ގައި ބައިވެރިވުމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފައިވަނީ މިއަދުއެވެ. މިނިސްޓަރ ސައުދީއަށް ވަޑައިގަނެފައިވަނީ ސައުދީގެ ފޮރިން މިނިސްޓަރ ޕްރިންސް ފައިސަލް ބިން ފަރްޚާން އަލް ސައުދު އަދި ވޯލްޑް އިކޮނޮމިކް ފޯރަމް ގެ ރައީސް ބޯގޭ ބްރާންޑޭ ގެ ދައުވަތަކަށެވެ.



މި ބައްދަލުވުމުގެ ތެރެއިން މިނިސްޓަރ ޒަމީރު މަތީ ފެންވަރުގެ އިވެންޓްތަކާއި ސެޝަންތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މި އިވެންޓްތަކުގެ މަގުސަދަކީ ބައިނަލްއަގުވާމީ ގޮތުން އެއްބާރުލުން ހޯދުމަށް ބޭނުންވާ ޕާޓްނާޝިޕްތައް ގާއިމު ކުރުން ކަމަށް އެމިނިސްޓްރީން ބުނެއެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓަކީ ސައުދީ އަރަބިއްޔާ ސަރުކާރާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެކި ދާއިރާތަކުން 700 އަށް ވުރެ ގިނަ އިސްވެރިން އެއްތަނަކަށް ޖަމާވެ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ އެކި ގޮންޖެހުންތަކާ ކުރިމަތިލުމަށް މާނަހުރި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން