"ރަސް މާލެ"ގެ ނަމުގައި ބިޔަ ބޯހިޔާޥަހިކަމުގެ މަޝްރޫއު ހިންގަން ހިއްކާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ނުހުއްޓޭކަމަށް ސަރުކާރުން ބުނެފި އެވެ.
ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ފުށި ދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ސަރުކާރުން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ފުށިދިއްގަރު ފަޅުން ޖުމްލަ 1153 ހެކްޓަރުގެ ބިން ހިއްކާއިރު އެ ތަނުން 60 ހެކްޓަރު ލަންކާގެ ކުންފުންޏަށް ދިގު މުއްދަތަކަށް ލިބޭނެ އެވެ.
ފުށި ދިއްގަރުފަޅު ހިއްކުނުގެ މަސައްކަތް ފެށި ނަމަވެސް ވަކި ހިސާބަކުން ވަނީ އެ މަސައްކަތް ހުއްޓިފަ އެވެ. އެހެންވެ މިއަދު ރައީސް އޮފީހުގައި ބޭޢްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނާ ސުވާލުކޮށްފައި ވެއެވެ.
އެ ސުވާލަށް ޖަވާބު ދެއްވައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ އެ މަޝްރޫއު ހުއްޓިފައިވާ ކަމަށް ނޫސްވެރިން މާނަކުރާ ގޮތާމެދު ސުޥާލު އުފައްދަވައިފަ އެވެ.
އެގޮތުން ތަނަކަށް ވެލިކޮޅެއް އަޅާތަން ނުފެނުމަކީ މަޝްރޫއެއް ހުއްޓުން ނުވަތަ ކުރިއަށް ނުދިޔުންތޯ ހީނާ އެއްސެއްވި އެވެ.
އޭނާ ވިދާޅުވީ ވެލިކޮޅު ފުށިދިއްގަރު ފަޅަށް ނޭޅިކަމުގައި ވިޔަސް އެއާ ގުޅިގެން އެ ވަށައިގެން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް ވެސް ހުންނާނެ ކަމަށެވެ.
"އެހެންވީމާ ފުށިދިއްގަރު ފަޅުގެ މަސައްކަތް ނުވަތަ ހިއްކުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް އެއްގޮތަކަށްވެސް ހުއްޓުމަކަށް އައިކީނޫން ނުވަތަ އެ މަޝްރޫއު ހުއްޓިގެނެއް ނޫން މި އުޅެނީކީ. އެއާއެކުއެކީގައި ކުރަން ޖެހޭ ބައިވަރު މަސައްކަތްތަކެއް އެބަހުރި. އެހެންވީމަ އެ މަސައްކަތްތައް ކުރިއަށް ދަނީ. އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްވެސް ހުންނާނެ. އީއައިއޭ އަދި ތިމާވެށީގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައްވެސް ހުންނާނެ." ހީނާ ވިދާޅުވި އެވެ.
އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް އެ މަޝްރޫއު ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ،
ސަރުކާރުން ބުނެފައިވާ ގޮތުުގައި އެ ފަޅު ހިއްކުމުން ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ ބިން ލިބޭނެ އެވެ. އަދި އެތަނުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރާނެ އެވެ.
ރަސްމާލެއާ މާލެއާ ފަހުން ކަނޑުއަޑީގެ ޓަނަލަކުން ގުޅާލާނެ ކަމަށް ވެސް ސަރުކާރުން ދާދި ފަހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު