އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ދަ ޑިމޮކްރެޓްސް ޕާޓީގެ ހަރުގެ ހުސްކޮށްފި އެވެ.

ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ މާފަންނަ މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު "ރަސް"އަށް ވިދާޅުވީ ހަރުގެ ހުރި ބިން ހުސްކުރީ ވެރިފަރާތުން ނޯޓިސް ދިނުމުން ކަމަށެވެ.

އެގޮތުން އަންނަ މަހު އެކެއްގެ ކުރިން އެ ބިން ހުސްކުރަން އޮތީ އަންގާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހަރުގެ ހުސްކުރިއިރު ހަރުގެ އަލުން އަޅަން އެހެން ބިމެއް ހޯދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް ޝަފިއްޔާ ޒުބައިރުގެ ގޭގައި ހިންގި އެ ހަރުގެ އެންމެ ފުރަތަމަ ބޭނުންކުރީ އެމްޑީޕީގެ ހަރުގޭގެ ގޮތުގަ އެވެ.

ނަމަވެސް މިދިޔަ އަހަރު ފަހުކޮޅު އެމްޑީޕީ ދެބައިވެ ޑިމޮކްރެޓްސް އުފެއްދި ހިސާބުން އެތަން ހުސްކުރަން ޝަފިއްޔާ އެންގި އެވެ.

އެ މައްސަލައިގައި އެމްޑީޕީން ކޯޓަށް ވެސް ދިޔަ އެވެ. ނަމަވެސް ކޯޓުން ވެސް ނިންމީ އެމްޑީޕީއާ ދެކޮޅަށެވެ.

އޭގެ ފަހުން އެތަން ބޭނުންކުރަމުން ދިޔައީ ޑިމޮކްރެޓްސްއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން