ޝަރުޢީ ދާއިރާގެ ހުރިހާ އިދާރާތަކެއް އެއް ސިސްޓަމަކުން ގުޅާލައިފި އެވެ.

އެ ހުރިހާ އިދާރާތަކެއް ގުޅާލައިފައިވަނީ އިންޓަގްރޭޓެޑް ކޯޓް މެނޭޖްމަންޓް ސިސްޓަމަކުން ނެވެ.

އެ ސިސްޓަމް އިފްތިތާހުކޮށްދެއްވީ މީރުމާގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުޢުތަސިމް ޢަދުދާނު އެވެ.

އެ ސިސްޓަމް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާ ވިދާޅުވީ އެ ސިސްޓަމަކީ ޝަރުއީ ދާއިރާގައި އަދި ބްރޯޑަރ ލީގަލް އެންޑް ޖަސްޓިސް ސެކްޓަރގައި ހިމެނޭ ހުރިހާ ސްޓޭކް ހޯލްޑަރުން އެއް ވިޔުގައަކުން ގުޅާލެވި، ސްޓްރީމްލައިން ކުރުމަށްޓަކާއެޅޭ މުހިންމު ފާލަމެއް ކަމަށެވެ.

"އެގޮތުން މައްސަލައެއް ތަހުގީގުކުރަން ފެށޭ ހިސާބުން ފެށިގެން ހުކުމްކުރުމާ ހަަމައަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް މިފަދަ ވިއުގައެއްގެ ތެރެއިން ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް ކުރެވިގެންދާނެ." ރިޒްނާ ވިދާޅުވި އެވެ.

އޭގެ ސަބަބުން މައްސަލަތައް ކުރިެމއަށް ގެންދަން ބޭނުންވާ ވަގުތު ކުޑަވެ ކޯޓު ތަކުގެ ހިންގުން ހަރުދަނާވެ އަދި މަސައްކަތުގެ ސްޕީޑް ރަނގަޅުވެ، މައްސަަލަތަކުގެ ބެކްލޮގްވެސް ވަރަށް ބޮޑުތަނުން ކުޑަވެ އަދުލު އިންސާފު ފަސޭހައިން ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން